ބޮލީވުޑްގެ ޒުވާން އެކްޓަރު އަރުޖުން ކަޕޫރު 35، އާއި އޭނާގެ ލޯބިވެރިޔާ މަލައިކާ އަރޯރާ 46، ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެކްޓަރު އަރުޖުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރީ އޭނާ އިންސްޓަގްރާމް ކުރި ޕޯސްޓަރެއްގައެވެ. ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން އަންނައިރު އޭނާ ބުނީ ސިއްހީ މާހިރުންގެ އިރުޝާދާއެކު މިވަގުތު އޭނާ ހުރީ ހޯމް ކަރަންޓީނުގައި ކަމަށެވެ. އެކްޓަރު ބުނީ އޭނާގެ ހާލަތާ ގުޅޭގޮތުން ފޭނުންނަށް އަޕްޑޭޓު ދޭނެ ކަމަށާއި މިވަގުތު ހާލު ރަނގަޅުކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކުރަން އަރުޖުން ކުރި ޕޯސްޓު--

މަލައިކާ ވެސް މިވަގުތު ހޯމް ކަރަންޓީނުގައި ހުރިއިރު އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން ކަށަވަރުކޮށްދީފައިވަނީ އޭނާގެ ކޮއްކޮަ އަމްރިތާ އަރޯރާއެވެ. މަލައިކާ މޮޑެލެއްގެ އިތުރުން ނެށުންތެރިއެއްވެސް މެއެވެ. އޭނާ ވަނީ ސުޕަމޮޑެލްގެ ޖަޖުކަން ވެސް އަދާކޮށްފައެވެ.

ފިލްމު ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ދޮށީ ފިރިހެން ދަރިފުޅު އަރުޖުން ކޮވިޑަށް ޕޮޒިޓިވްވީ އޭނާ ކުޅޭ ފިލްމެއްގެ ޝޫޓިން ފަށާފައިވަނިކޮށެވެ.

އަރުޖުން އާއި މަލައިކާ އަށް ކޮވިޑު ޖެހުނުއިރު މީގެ ކުރިން ވަނީ ބައްޗަން އާއިލާއަށް ވެސް ކޮވިޑު ޖެހިފައެވެ. އަމީތާބު ބައްޗަން އާއި އޭނާގެ ދަރިފުޅު އަމީތާބު ބައްޗަން އާއި އޭނާގެ އަންހެނުން އައިޝްވާރިޔާ ރާއީގެ އިތުރުން އެދެމަފިރިންގެ ދަރުފުޅު އާރަދިއާ އަށް ވެސް ވަނީ ކޮވިޑު ޖެހި ފަރުވާ ދީފައެވެ.