ޒުވާން އެކްޓަރު ހިމާންޝް ކޯލީ 30، ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިދިޔަ މަހު 29 ވަނަ ދުވަހު ހިމާންޝްގެ އާއިލާގެ ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް ޕޮޒިޓިވްވެފައިވާ އިރު ހިމާންޝް ޕޮޒިޓިވިކަން އޭނާ އެންގީ ހުކުރު ދުވަހު އެވެ. އޭނާ އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އާއިލާގެ މެންބަރުން މިހާރު ކޮވިޑުން ސަލާމަތްވަމުން އަންނަ ކަމަށާއި ނަމަވެސް މިހާރު އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކޮވިޑަކީ ވަރަށް ސީރިއަސް ބައްޔެއް ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިއްމު ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާގައި އޭނާ ކޮވިޑަށް ފަރުވާކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.