06 Sep 2020, 07:59
ބޮލީވުޑްގައި ކުރިއަރަމުން އަންނަ ހުނަރުވެރި ބަތަލާ ބޫމީ ޕެޑްނޭކަރު އާއި ބަތަލާ ކޮންކަނާ ސެން ޝަރްމާ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޑޯލީ ކިއްޓީ އޯރް ވޯ ޗަމަކްތޭ ސިތާރޭ"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
މި މަހު 18ގައި ނެޓްފްލިކްސްގައި ދެއްކުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ޓްރެއިލާ ދައްކާލިއިރު ޓްރެއިލާއަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ފިލްމުގައި ބޫމީ އާއި ކޮންކަނާގެ އިތުރުން ހަރަކާތްތެރިވާ ބައެއް ތަރިންނަކީ ވިކްރަންތު މަސީ، ކަރަން ކުންދުރާ، މުސްތާގް ޝައިހް އަދި ކުބްރާ ސައިތު ހިމެނެ އެވެ.
އެކްތާ ކަޕޫރު އާއި ޝޯބާ ކަޕޫރު ޕްރޮޑިއުސްކޮށް ގެނެސްދޭ މި ފިލްމަކީ ތިމާގެ ދެމީހެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ. ހުވަފެންތަކެއް ދެކޭ ދެ މީހަކު އެ ހުވަފެންތައް ހާސިލް ކުރާތަން މި ފިލްމުން ފެނިގެންދާނެ އެވެ. ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ މި ފިލްމަކީ ބަލާޖީ މޯޝަން ޕިކްޗާސްއިން ޕްރޮޑަކްޝަނެކެވެ.