05 Sep 2020, 19:07
ދިރާގު މޯބައިލް ކަސްޓަމަރުންނަށް ހާއްސަ ސްޓްރީމިން ބަންޑަލްއަށް ދިވެހިންގެ މެދުގައި މަޝްހޫރު ސޯޝަލް މީޑިއާ މޮބައިލް އެޕްލިކޭޝަނެއް ކަމަށްވާ "ޓިކްޓޮކް" އިތުރުކޮށްފި އެވެ.
ދިރާގުން ބުނީ މިއަދުން ފެށިގެން މަދުވެގެން 65 ރުފިޔާއަށް މި ބަންޑަލްތައް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ.
އެކްޓިވޭޓް ކުރަން ބޭނުންވާ ބަންޑަލްގެ ކީވޯޑް ދިރާގު މޯބައިލް އެޕްލިކޭޝަން ނުވަތަ 343 އަށް އެސްއެމްއެސް ކުރުމުން އެ ބަންޑަލްއެއް އެކްޓިވޭޓް ކޮށްލެވޭނެ އެވެ.
ދިރާގު ސްޓްރީމިން ބަންޑަލްތަކުގެ އަގު، އެލަވަންސް، ވެލިޑިޓީ އަދި ކީވޯޑްތައް--
ޓިކްޓޮކްއަކީ ދުނިޔޭގެ އެކި އުމުރު ފުރާތަކުގެ މީހުންގެ މެދުގައިވެސް ވަރަށް މަޤުބޫލު އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަނަކީ ހަމައެކަނި ފަރި ހަރަކާތްތަކާއި ތަފާތު ހުނަރު ދައްކާލާ އެޕްލިކޭޝަނެއް ނޫނެވެ. އެގޮތުން މި އެޕްލިކޭޝަންގައި ކޮންޓެންޓް ތައްޔާރުކުރާ ބައެއް ފަރާތްތަކަށް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާވެސް ހޯދެ އެވެ.
ދިރާގު ސްޓްރީމިން ބަންޑަލްއަށް ޓިކްޓޮކް އިތުރުކޮށްފައިވާއިރު، އެ ބަންޑަލްގައި ހިމެނޭ އެހެން އެޕްލިކޭޝަންތަކުގެ ތެރޭގައި ނެޓްފްލިކްސް އާއި ޔޫޓިއުބު ފަދަ މަޝްހޫރު ސްޓްރީމިން އެޕްލިކޭޝަންތައް ހިމެނެ އެވެ.