ހަ ވަނަ އިންވިޓޭޝަނަލް ބާސްކެޓްބޯޅަ މުބާރާތް މާދަމާ ރޭ ފެށުމަށް ހަމަޖެހިއްޖެ އެވެ.

ފުރަތަމަ މެޗުގައި މާދަމާ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ ނިމިގެން ދިޔަ 31 ވަނަ ޤައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ރެޑްލައިން ކުލަބާއި އެ މުބާރާތުގެ ރަނަރަޕް ހޯދި ޓީރެސް ބާސްކެޓްބޯލް ކުލަބެވެ.

މާދަމާއިން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި އަވަށްޓެރި ސްރީލަންކާގެ ޓީމަކާއެކު ރާއްޖޭގެ ތިން ޓީމު ވާދަ ކުރެއެވެ.

މުބާރާތުގައި ވާދަކުރާ ލަންކާގެ ޓީމަކީ ޑައިލޮގް އެކްސެޓާ އެވެ. އަދި ރާއްޖެއިން ވާދަކުރާ ތިން ޓީމަކީ ނިމިގެން ދިޔަ ޤައުމީ މުބާރާތުގެ އެންމެ ގަދަ ތިން ޓީމް ކަމުގައިވާ ރެޑްލައިން ކުލަބާއި ޓީރެކްސް އަދި ހަރިކޭން ބީސީ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭކޯޓުގައި ކުރިއަށްގެންދާ މިމުބާރާތުގެ ދެ ވަނަ މެޗުގައި އަންނަ ހޯމަދުވަހުގެ ރޭ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ ލަންކާގެ ޓީމާއި ހަރިކޭން ބީސީ އެވެ.

ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 8:30 ގައެވެ. މުބާރާތުގެ ފުރަތަމަ ބުރުން އެންމެ މޮޅު ޓީމަކަށް ފައިނަލްގެ ފުރަތަމަ ޖާގަލިބޭއިރު، ފައިނަލްގެ ދެ ވަނަ ލިބޭނީ ދެ ވަނަ ބުރުން އެންމެ މޮޅު ޓީމަކަށެވެ.