03 Sep 2020, 22:04
މިއަދު ވެސް 141 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭ އިން މިއަދު އާންކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޕޮޒިޓިވްވި 141 މީހުންގެ ތެރޭގައި ހިމެނެނީ، 98 ދިވެހިންނާއި 23 ބިދޭސީންނެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 8281 އަށް ވަނީ އަރާފަ އެވެ. މިއަދު 141 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 5483 އެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 157 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގަ އެވެ.
މާލެ ސަރަހައްދުން ބޭރުން ކޭސްތައް ފެނިފައިވަނީ މީހުން ދިރިއުޅޭ 39 ރަށަކުންނާއި 16 ރިސޯޓަކުންނެވެ. ރިސޯޓުތަކުން ފެނުނު ކޭސްތަކުގެ ތެރޭގައި ހިމެނެނީ 16 ޓޫރިސްޓުންނާއި 45 މުވައްޒަފުންނެވެ.
ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން 29 މީހަކު ވަނީ މަރުވެފަ އެވެ.