05 Sep 2020, 08:56
ބޮލީވުޑްގައި ކުރިއަރަމުން އަންނަ ހުނަރުވެރި ބަތަލާ ބޫމީ ޕެޑްނޭކަރު އާއި ބަތަލާ ކޮންކަނާ ސެން ޝަރްމާ ލީޑު ރޯލުން ފިލްމު "ޑޯލީ ކިއްޓީ އޯރް ވޯ ޗަމަކްތޭ ސިތާރޭ" މި މަހު ނެޓްފްލިކްސްގައި ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ފިލްމު ނެޓްފްލިކްސްގައި ސްޓްރީމްކުރާނީ މި މަހު 18ގައެވެ. މި ފިލްމަކީ މިދިޔަ މެއި މަހު ސިނަމާތަކުގައި އަޅުވަން ނިންމި ފިލްމެކެވެ. ނަމަވެސް މާޗު މަހުން ފެށިގެން އިންޑިއާ ލޮކްޑައުންކޮށް އެ ގައުމުގެ ސިނަމާތައް ބަންދުކުރުމާ ގުޅިގެން ފިލްމު އެޅުވޭނެ މަގު ބަންދުވީ އެވެ.
އެކްތާ ކަޕޫރު އާއި ޝޯބާ ކަޕޫރު ޕްރޮޑިއުސްކޮށް ގެނެސްދޭ މި ފިލްމަކީ ތިމާގެ ދެމީހެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ. ހުވަފެންތަކެއް ދެކޭ ދެ މީހަކު އެ ހުވަފެންތައް ހާސިލް ކުރާތަން މި ފިލްމުން ފެނިގެންދާނެ އެވެ. ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ މި ފިލްމަކީ ބަލާޖީ މޯޝަން ޕިކްޗާސްއިން ޕްރޮޑަކްޝަނެކެވެ.