03 Sep 2020, 08:41
ބޮލީވުޑްގެ ދެ އެކްޓަރުން ކަމަށްވާ ސައިފް އަލީ ޚާން އާއި އަރުޖުން ކަޕޫރު އެކުގައި ސްކްރީނުން ފެންނަން ތައްޔާރުވެއްޖެ އެވެ.
ދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ބޫތު ޕޮލިސް" އަކީ މި ދެތަރިން ކުޅޭ ފުރަތަމަ ހޮރޯ ކޮމެޑީ އެވެ. ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ ބޫތު ޕޮލިސް އަކީ ޕަވަން ކިރްޕަލާނީ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ ޝޫޓިން މިއަހަރު ފަހުކޮޅު ފެށުމަށް ނިންމާފައިވާއިރު ފިލްމު ސްކްރީންތަކަށް އަންނާނީ އަންނަ އަހަރު މެދުތެރޭ ކަމަށް ހަބަރުތައް ބުނެ އެވެ.
ސައިފް އާއި އަރުޖުން އެކުގައި ފެނިގެންދާ މި ފިލްމުގެ ބަތަލާއަކީ ފާތިމާ ސަނާ ޝެއިހް އެވެ. ޑައިރެކްޓަރު ޕަވަން ބުނީ ފިލްމުގެ ޝޫޓިން ސައިފް އާއި އަރުޖުން އާއެކު ފެށުމަށް ކެތްމަދުވެފައިވާ ކަމަށާއި ފިލްމަކީ ބެލުންތެރިން ހެއްވާލާ މަޖާ ކަންތައްތަކެއް ފެނިގެންދާނެ ފިލްމެއް ކަމަށެވެ.
ކުރިން މި ފިލްމުގައި އަރުޖުން ގެ ބަދަލުގައި ހިމަނަން ނިންމީ އަލީ ފަޒަލް އެވެ.