މިއަދު ރާއްޖެއިން 137 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 96 މީހުންނަކީ ދިވެހިން ކަމަށެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 8140އަށް ވަނީ އަރާފަ އެވެ.

މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 129 ކޭސް ފެނިފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ.

މާލެ ސަރަހައްދުން ބޭރުން ކޭސްތައް ފެނިފައިވަނީ މީހުން ދިރިއުޅޭ 40 ރަށަކުންނާއި 16 ރިސޯޓަކުންނެވެ. ރިސޯޓުތަކުން ފެނުނު ކޭސްތަކުގެ ތެރޭގައި ހިމެނެނީ 15 ޓޫރިސްޓުންނާއި 33 މުވައްޒަފުންނެވެ.

މިއަދު 73 ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 5338 އެވެ.

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން 29 މީހަކު ވަނީ މަރުވެފަ އެވެ.