03 Sep 2020, 08:28
ދެހާސް ދިހަވަނަ އަހަރު ސްޓާޕްލަސް އިން ދައްކަން ފެށި ހިންދީ ޑްރާމާ ސިލްސިލާ "ސާތު ނިބާނާ ސާތިޔާ"ގެ ދެވަނަ ސީޒަންގެ ޓިޒާ ދައްކާލައިފި އެވެ.
މިދިޔަ ހަފްތާގައި މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ޑްރާމާގެ ދެވަނަ ސީޒަނެއް އަންނަ އޮކްޓޯބަރު މަހު ދައްކަން ފަށާނެ ކަމަށެވެ. އެ ޚަބަރާ އެކު ޑްރާމާގެ ފޭނުން ސީޒަން ދޭއް ބަލަން ކެތްމަދުވެފައިވަނިކޮށް މިހާރު ސްޓާޕްލަސް އިން މިވަނީ ޑްރާމާގެ ޓީޒާއެއް ދައްކާލައިފަ އެވެ. ގޯޕީ ބަހޫ ޓީޒާ އިން ފެނިގެންދާއިރު ކޯކިލާގެ ރޯލުން ފެނިގެންދާނެ ތަރި ދައްކާފައެއް ނުވެ އެވެ. ޚަބަރުތައް ބުނާ ގޮތުގައި ކޯކިލާގެ ރޯލުން ފެނިގެންދާނީ ކުރިން ވެސް ފެނުނު ރޫޕަލް ޕަޓޭލް އެވެ.
ގޯޕީ ބަހޫ އާއި ކޯކިލާގެ ނަމުން މަޝްހޫރުވެގެން ދިޔަ މި ޑްރާމާގެ ދެވަނަ ސީޒަން ދައްކަން ފަށާނީ އޮކްޓޯބަރު މަހު ކަމަށް ހަބަރުތައްބުނެ އެވެ. އަދި އެ ޑްރާމާ ދެއްކުމުގެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ދިގު ދެމިގެންދިޔަ ސާތު ނިބާނާ ސާތިޔާއަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ޑްރާމާއެކެވެ. ނުފޫޒުގަދަ މައިދަތަައަކު އުޅޭ ގެއެއްގެ ތެރޭގައި ހިނގާ ކަންތައްތަކެއް ދައްކުވައިދިން އެ ޑްރާމާވެފައިވަނީ ބޮޑު ހިޓަކަށެވެ.