03 Sep 2020, 08:25
ކާމިޔާބު ލަވަކިޔުންތެރިޔާ އެޑް ޝީރަން 29، ބައްޕަ އަކަށްވެއްޖެ އެވެ.
އެޑް ޝީރަން އަންގާރަ ދުވަހު އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އޭނާގެ އަންހެނުން ޗެރީ ސީބޯން އަންހެން ކުއްޖަކު ވިހާފައިވާ ކަމަށެވެ. އަދި އެ ދަރިފުޅަށް ކިޔާ ނަމަކީ ލައިރާ އެންޓާކްޓިކާ ސީބޯން ޝީރަން އެވެ.
އެޑް ޝީރަން ބުނީ އޭނާގެ އަންހެނުންނާ ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށާއި ދަރިއަކު ލިބުމުން އެމީހުންގެ އާއިލާ ފުރިހަމަވެފައިވާ ކަމަށެވެ. މިއީ އެޑް ޝީރަން އާއި ޗެރީގެ އަލަތު ދަރިފުޅެވެ.
ދެމީހުން ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ. އޭނާ އެންމެ ފަހުން ނެރުނި ލަވަ އަލްބަކީ "ނަންބަރު 6" އެވެ. މިދިޔަ އަހަރު ނެރުނު އެ އަލްބަމުގައި ޖުމްލަ 21 ޓްރެކް ހިމެނޭ އެ އަލްބަމުގައި ކެމީލާ ކެބެލޯ، ބްރޫނޯ މާސް، ޖަސްޓިން ބީބާ، އެމިނަމް އަދި ކާޑީ ބީ ފަދަ މަޝްހޫރު ލަވަކިޔުންތެރިންނެއް ހިއްސާވެފައިވެ އެވެ.