މިއަދު ރާއްޖެއިން 199 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން މިރޭ އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު ޕޮޒިޓިވްވި 199 މީހުންގެެ ތެރޭ ހިމެނެނީ 145 ދިވެހިންނެވެ.

މީގެ އިތުރުން 42 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ފަސް މީހެއް، ލަންކާގެ ތިން މީހެއްގެ އިތުރުން އެމެރިކާގެ ދެ މީހަކާއި ޗައިނާ މީހެއްގެ އިތުރުން ޖަޕާނު މީހެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.

މިއަދު ޕޮޒިޓިވްވި 199 ކޭހުގެ ތެރެއިން 31 ކޭހަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެ ސަރަހައްދުން 168 މީހަކު މިއަދު ޕޮޒިޓިވް ވެފައިވެއެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 8،003 އަށް ވަނީ އަރައިފައެވެ. މިވަގުތު ބައްޔަސް ފަރުވާ ހޯދަމުން ދަނީ 2،703 މީހުންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 1،395 މީހުން ތިބިއިރު، އެޑްމިޓް ކޮށްގެން 162 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް 5،265 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު ފާއިތުވި 24 ގަޑިއިރު ތެރޭ 150 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް 29 މީހަކު ރާއްޖެއިން ކޮވިޑް19ގައި ވަނީ މަރުވެފައެވެ.