ރެއިން ފެށިގެން ދޫނިދޫ ތަހުގީގު ޖަލުގައި ބަހައްޓާފައިވާ އަހުމަދު އިބްރާހިމް ދީދީ (ސަންދާން އަހަންމައިދީ) ދެ ގަޑިއިރުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން އަމުރު ނެރެފި އެވެ. އަމުރު ނެރެފައި ވަނީ މިއަދު ހަވީރު 5:20 އިން ފެށިގެން ދެ ގަޑިއިރުގެ ތެރޭގައި އަހަންމައިދީ ކޯޓަށް ހާޒިރު ކޮށްދިނުމަށެވެ.

މި އަމުރު ނެރުނީ އަހަންމައިދީ ފުލުހުން ބަންދުކޮށްފައިވާ މައްސަލަ ބަލައިދިނުމަށް އޭނާގެ ވަކީލު މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ މައްސަލައަށް ނަޒަރުކޮށެވެ.

އަހަންމައިދީގެ ވަކީލު އަބްދުﷲ ސައީދު މިއަދު ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ސާބިތު ނުހިފޭ ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ ސަރުކާރުން އަހަންމައިދީ ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީ އާ ހިލާފަށް ކަމަށެވެ.