01 Sep 2020, 17:01
މާލެއިން ރަށަށް ގޮސް ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރާ މީހުންގެ ރިލީޒް ސާމްޕަލްގެ ތެރެއިން މިއަދު 20 މީހަކު ކޮވިޑު19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްއީއޯސީ އިން އާންމުކުރި މައުލޫމާތަށް ބަލާއިރު މިއަދު ޕޮޒިޓިވްވެފައިވަނީ ދ. ކުޑަހުވަދޫ އިން ތިން އަހަރުގެ ފިރިހެން ކުއްޖަކާއި އެއް މަހުގެ ފިރިހެން ކުއްޖެއްގެ އިތުރުން 24 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ.
ޅ. ނައިފަރުން ހަތަރު މީހަކު ޕޮޒިޓިވްވިއިރު އޭގެ ތެރޭ ހިމެނެނީ 57 އަހަރުގެ އަންހެނަކާއި 27 އަހަރުގެ އަންހެނެއްގެ އިތުރުން 18 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެކެވެ.
ރ. އިނގުރައިދުއިންވެސް ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެގެ ތެރޭ ހިމެނެނީ 32 އަހަރުގެ ބަނގްލަދޭޝް ފިރިހެނަކާއި 52 އަހަރުގެ އިންޑިއާ ފިރިހެނެއްގެ އިތުރުން 26 އަހަަރުގެ އަންހެނަކާއި އެއް އަހަރުގެ އަންހެއް ކުއްޖެކެވެ.
ރ. ރަސްމާދޫ އިން 65 އަހަރުގެ ފިރިހެނަކު ޕޮޒިޓިވްވެފައިވާއިރު ގއ. ދާންދުއިން 19 އަހަރުގެ ފިރިހެނަކާއި 59 އަހަރުގެ އަންހެނެއް ވަނީ ޕޮޒިޓިވްވެފައެވެ.
މީގެ އިތުރުން ބ. އޭދަފުށިން 3.5 މަހުގެ އަންހެން ކުއްޖަކާއި 42 އަހަރުގެ އަންހެނެއްގެ އިތުރުން ތިން އަހަރުގެ އަންހެއް ކުއްޖަކާއި 64 އަހަރުގެ އަންހެނެއް ވަނީ ޕޮޒިޓިވް ވެފައެވެ.
ށ. ފީވަކުން 54 އަހަރުގެ ފިރިހެނަކު ޕޮޒިޓިވް ވެފައިވެއެވެ.
ރޭގެ 6:00 އާއި ހަމައަށް ރާއްޖޭގެ 31 ރަށަކުންނާއި 15 ރިސޯޓުންވެސް ޕޮޒިޓިވް ކޭސް ފެނިފައިވެ އެވެ. ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާއިރު ރޭގެ 6:00 އާއި ހަމައަށް ރާއްޖެއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7،804 އަށް އަރާފައެވެ.
އަދި ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ ވަނީ 5،155 އަށް އަރައިފައެވެ.
މިވަގުތު ރާއްޖޭގައި 2،615 އެކްޓިވް ކޭސް ހިމެނޭއިރު ހޮސްޕިޓަލުތަކުން 172 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.
ބަލީގައި 29 މީހަކު ވަނީ މަރުވެފައެވެ.