ގއ. ދާންދޫގައި ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ދާންދޫ ކައުންސިލު ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގާފައި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދެމީހުންގެ ހާލަތުވެސް ރަނގަޅު ރަނގަޅު ކަމަށެވެ. އެހެންނަމަވެސް އެތަނުން އެކަކަކީ އެހެން ކަހަލަ ކޮމްޕްލިކޭޝަން ހުރި މީހެއް ކަމަށެވެ.

ރާއްޖެއިިން ކޮންމެ ދުވަހަކު ގިނަ އަދަދަކަށް ކޮވިޑް-19 ކޭސްތައް ފެންމުންދާއިރު އެކި ރަށްތަކުންވެސް ކޭސްތައް ދަނީ ފެންނަމުންނެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ 31 ރަށަކުންނާއި 15 ރިސޯޓުންވެސް ޕޮޒިޓިވް ކޭސް ފެނިފައިވެ އެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން ކޮވިޑް-19ގެ ޕޮޒިޓިވް 137 ކޭސް ވަނީ ފެނިފަ އެވެ.

އެ ކޭސްތަކާއެކު ރާއްޖެއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7،804 އަށް އަރާފަ އެވެ.