ބަނގުރަލާއި ބިޔަރުދަޅުތަކާ އެކު ދެ މީހަކު މާލެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ތަކެތި އަތުލައިގަތީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކާރެއް ހުއްޓުވައިގެން ބެލުމުގެ ތެރޭގައި ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ ކޭރުތެރެއިން ވަނީ 96 ބިޔަރު ދަޅާއި 12 ފުޅި ބަނގުރާ އަތުލައިގެންފަ އެވެ.

އެ މައްސަލާގައި 28 އަހަރުގެ މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފައިވާ އިރު އަނެއް 27 މީހާގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިދީފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގް ކުރަމުންދާ ކަމަށެވެ.