ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު އަދި އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ކޮވިޑް19 އަށް ނެގެޓިވްވެ، އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ޕްރެސް ބްރީފިންގް ދެއްވަން ފައްޓަވައިފިއެވެ.

ނަޒްލާއާ ބައްދަލުވި އާއިލާ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، އޭނާ ގޭގައި އެކަހެރިވީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެ މުއްދަތުގައި ޕްރެސް ކޮންފަރެންސްތަކުގައި ނަޒްލާ ބައިވެރިވެވަޑައިގަންނަވަމުން ގެންދެވީ ގޭގައި އިންނަވައި، ވެބް ކޮންފަރަންސް މެދުވެރިކޮށެވެ.

މިރޭ އެޗްއީއޯސީގައި ކުރިއަށް ދިޔަ ޕްރެސްގައި ބައިވެރިވެވަޑައިގެން ޑރ. ނަޒްލާ ވިދާޅުވީ، ރިލީޒް ސާމްޕަލްގެ ނަތީޖާ ލިބިވަޑައިގެންނެވީ މިއަދު ހެނދުނު ކަމަށެވެ.

މިއަދު ރާއްޖެއިން އިތުރު 137 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި 2،615 މީހަކު އެބަ ތިއްބެވެ. އޭގެ ތެރެއިން 172 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.