01 Sep 2020, 08:34
ޑައިރެކްޓަރު ޝާދު އަލީގެ ކުރިއަށް އޮތް ފިލްމުގެ ތަރިންނަށް ދިލްޖީތު ދޯސާންޖް އާއި ޔަމީ ގޯތަމް ހަމަޖައްސައިފި އެވެ.
ގުޑް ނިއުޒްގެ އެކްޓަރު ދިލްޖީތު އާއި "ބާލާ"ގެ ބަތަލާ ޔަމީ އެކުގައި ފެނިގެންދާ މި ފިލްމަކީ މި ދެތަރިން އެކުގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. މި ފިލްމަށް ދެތަރިން މިހާރު ސޮއިކޮށްފައިވާ ކަމަށް ހަބަރުތައް ބުނާއިރު މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. ދެ ލޯބިވެރިއެއްގެ ދިރިއުޅުން ފެނިގެންދާ މި ފިލްމުގެ ޓްވިސްޓަކީ ފިލްމުގައި ފިރިހެން ތަރި ބަނޑުބޮޑުވުމެވެ. ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމުގެ ނަން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ފިލްމުގެ މަސައްކަތް ފަށާނެ ދުވަހެއް އަދި އިއުލާންކޮށްފައި ނުވި ނަމަވެސް މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.