31 Aug 2020, 21:53
ނުވަ ކްރޯޑް ހަރަދުކޮށްގެން އިންޑިއާގެ މަދިޔާ ޕްރަދޭޝްގައި ހެދި ބުރިޖް ރަސްމީކޮށް ނުހުޅުވާ އުޅެނިކޮށް އެތަނުގެ ބައެއް ވެއްޓިެއްޖެ އެވެ.
ވެއްޓުނީ ކޯރުތަރޭގައި ހުރި ބްރިޖުގެ ބައެކެވެ.
އެ ބުރިޖު ރަސްމީކޮށް ނުހުޅުވި ކަމުގައި ވިޔަސް އެތަން ދިޔައީ ބޭނުންކުރަމުންނެވެ.
އެ ބްރިޖަކީ އިންޑިއާގެ ރަށްފުށުގެ ތަންތަން ގުޅުވައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރަދާން މަންތުރީ ގްރަމް ސަދަކް ޔޮޖާނާ (ޕީއެމްޖީއެސްވައި) ޕްލޭންގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.
ޕީއެމްޖީއެސްވައިގެ އެގްޒެކިއުޓިވް އިންޖިނިއަރު ޖޭޕީ މެހްރާ ވިދާޅުވީ އެ ބްރިޖު ވެއްޓުނީ މާބޮޑަށް ވިއްސާރަވުމާ އެކު ޑޭމްގެެ ހުރިހާ ގޭޓްތަކެއް ހުޅުވާލުމާ ގުޅިގެން ކަމަށެެވެ.
ބްރިޖުގެ ކޮލެޓީގައި މައްސަލައެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރިއަށް ގެންދިޔަ ގޮތް ބައްލަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބްރިޖު ވެއްޓުނީ ކޮލެޓީ ދަށްވެގެނެއް ނޫން. އެތަން ވެއްޓުމުން އެ ސަރަހައްދަށް ދިޔައިން. އެހިސާބުގެ ހަރު މީހުން ވެސް ބުނީ އެހާ ބޯކޮށް މިހާ ދުވަހު އެ ހިސާބަށް ވިއްސާރަ ނުވެހޭ ކަމަށް،" އެގްޒެކިއުޓިވް އިންޖިނިއަރު ވިދާޅުވި އެވެ.-- އިންޑިއާ ޓުޑޭ/ޑީއެންއޭއިންޑިއާ