01 Sep 2020, 08:04
ޒުވާން އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތުގެ މަރާ އެކު މުޅި ދުނިޔެ ނިދިން ހޭލައްވާލި އިރު އެ މަރާ އެކު ބޮލީވުޑްގެ އަނދިރިފަރާތުގެ ވާހަކަތައް އަންނަނީ ވަރަށް ބާރަށް ދެކެވެމުންނެވެ.
އެމަރާއެކު އޭނާގެ ހަޔާތާ ގުޅޭ ފިލްމެއް ހަދަން ނިންމި އިރު ސުޝާންތުގެ ހަޔާތުން އިންސްޕަޔާވެގެން އުފައްދާ ފިލްމެއް ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. މި ފަހަރު ޑައިރެކްޓަރު ސަނޯޖް މިޝްރާ އަންނަނީ ބޮލީވުޑްގައި ނެޕޮޓިޒަމް އޮތް މިންވަރު ދައްކުވައިދޭ ބޮލީވުޑްގެ އަނދިރިފަރާތް ދައްކުވައިދޭ ފިލްމެއް ހަދަން ތައްޔާރުވަމުންނެވެ. އެ ފިލްމަކީ ޒުވާން އެކްޓަރެއްގެ ގޮތް ނޭނގޭ މަރާ އެކު ބޮލީވުޑްގައި ހިނގަމުންދާ ހުތުރު ކަންތައްތައް ދައްކުވައިދޭ ފިލްމެކެވެ. ޝަޝަންކުގެ ނަމުން ނަންދީފައިވާ އެ ފިލްމަކީ ސުޝާންތުގެ ހަޔާތުން އިންސްޕަޔާވެގެން ގެނެސްދޭ ފިލްމެއް ކަމަށް ޚަބަރުތައް ބުނެ އެވެ.
ފިލްމުގެ ޕޯސްޓަރު މިހާރު އާންމުކޮށްފައިވާ އިރު އޭގެ ފިރިހެން ލީޑުންނަކީ އަރިއާ ބައްބަރާއި ރަޖީވް ސިންގެވެ. މުމްބާއީ، ލަކްނޫ އަދި ޕަޓްނާގައި ފިލްމުގެ މަންޒަރުތައް ނަގާއިރު ފިލްމުގެ ޝޫޓިން އަވަސް މުސްތަގްބަލެއްގައި ފެށުމަށް ވަނީ ނިންމައިފަ އެވެ.
ޝަޝަންކް ހަދަން ނިންމި އިރު ސުޝާންތުގެ ދައްތަ އަންނަނީ މި ފިލްމު ބޮއިކޮޓްކުރަން ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.
އެކްޓަރު ސުޝާންތުގެ މަރާ އެކު "ސުއިސައިޑް މާޑާ އޯ" އަދި "ސުޝާންތު"ގެ ނަމުގައި ފިލްމެއް ހަދަން ވަނީ ނިންމާފަ އެވެ.