އައްޑޫ ސިޓީ ހުޅުމީދޫގައި އަންހެނަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަމުން ދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމީދޫގައި 40 އަހަރުގެ ދިވެހި އަންހެނަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަމުން ދިޔަ މައްސަލައެއް ހުށަހެޅީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

މައްސަލަ ހުށަހެޅިފަހުން މަހަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރުވެސް އަދިވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ އަދިވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.