31 Aug 2020, 08:18
މަޝްހޫރު ލަވަކިުންތެރިޔާ ކޭޓީ ޕެރީ އޭނާގެ ހަވަނަ އަލްބަމް ރިލީޒްކޮށްފި އެވެ.
"ސްމައިލް"ގެ ނަމުން ނަންދީފައިވާ މި އަލްބަމުގައި ޖުމުލަ 24 ލަވަ ހިމެނެ އެވެ. އަލްބަމް ފޭނުންނަށް ދޫކޮށްލަމުން ކޭޓީ ބުނީ މި އަލްބަމުގެ ޒަރިއްޔާއިން އާންމުންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި މި އަލްބަމަކީ އޭނާއަށް ޚާއްސަ އަލްބަމެއް ކަމަށެވެ. ކޭޓީ ބުނީ މި އަލްބަމަކީ އަމިއްލަ ހަޔާތުގެ ދަތުރުތަކެއް ސިފަކޮށްދޭ ކަހަލަ ލަވަތަކެއް ހިމެނޭ އަލްބަމެއް ކަމަށެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ނެރުނު "ވިޓްނެސް" އަށް ފަހު ނެރުނު ފުރަތަމަ އަލްބަމަކީ ސްމައިލް އެވެ. އޭނާގެ ހަ ވަނަ އަލްބަމް ނެރުނު އިރު މިދިޔަ ހަފްތާގައި ކޭޓީ ވަނީ އޭނާގެ އަލަތު ދަރިފުޅު ވިހާފަ އެވެ. އަންހެން ކުއްޖެއް ލިބުނުއިރު އެ ދަރިފުޅަށް ދިން ނަމަކީ
ޑެއިޒީ ޑަވް ބްލޫމް އެވެ.