30 Aug 2020, 09:20
އާންމުންގެ މެދުގައި ލޯބި ހޯދާފައިވާ ކުޅަދާނަ އެކްޓަރު އުރްވަޝީ ރައުޓެލާ އޭނާގެ އިންސްޓަގްރާމަށް 30 މިލިއަން ފޮލޯވަރުން ލިބިއްޖެއެވެ.
އޭނާ އަށް އިންސްޓަގްރާމުން 30 މިލިއަން ފޮލޯވަރުން ލިބުމާ ގުޅިގެން އޭނާ ވަނީ އިންސްޓަގްރާމުގައި ފޭނުންނަށް ޝުކުރުއަދާކޮށް ވީޑިއޯ ކުލިޕެއް ވެސް ހިއްސާކޮށްފައެވެ. އުރްވަޝީ ބުނީ އޭނާގެ ހަޔާތުގައި ފޭނުންނަކީ ވަރަށް މުހިއްމު ރޯލެއް އަދާ ކުރާ ބައެއް ކަމަށާއި އޭނާ އަށް ތަރުހީބު ދޭތީ ފޭނުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި ފޭނުން ދެކެ އަބަދުވެސް ލޯބިވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އިންސްޓަގްރާމުގައި އުރްވަޝީއަށް 30 މިލިއަން ފޮލޯވަރުން ލިބުނުއިރު އޭނާ އަންނަނީ އޭނާގެ ފިލްމީ ކެރިއަރުގެ ފުރަތަމަ ތެލެގޫ ފިލްމުގެ މަސައްކަތްކުރަމުންނެވެ.
އުރްވަޝީއަށް 30 މިލިއަން ފޮލޯވަރުން ލިބުނުއިރު ސުޕަސްޓާ އަމީތާބް ބައްޗަން އަށް 22.1 މިލިއަން މީހުން ފޮލޯކުރެއެވެ. އަދި ލެޖެންޑަރީ ތަރި ޝާހުރުކްޚާނަށް 22.4 މިލިއަން މީހުން ފޮލޯކުރެއެވެ.