ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އަންހެނުންތަކުގެ ތެރޭގައި ހިމެނޭ ފިލްމީތަރި ކަންގަނާ ރަނައުތު އެއާފޯސް ޕައިލެޓެއްގެ ރޯލުން ފެނިގެންދާ ފިލްމު "ތޭޖާސް"ގެ ޝޫޓިން ފަށާނީ އަންނަ ޑިސެމްބަރު މަހު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމުގެ ފަސްޓްލުކް މީގެ ކުރިން ދައްކާލިއިރު މިހާރު މިވަނީ ފިލްމުގެ އާ ޕޯސްޓަރެއް ވެސް އާންމުކޮށްފަ އެވެ. އެ ފިލްމަކީ ސަރްވޭޝް މެވާރާ ޑައިރެކްޓްކޮށް ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެއާފޯސް ޕައިލެޓެއްގެ ރޯލު ކުޅެލަން ލިބުމުން ކަންގަނާ ބުނީ ކުޑައިރުންފެށިގެން ވެސް ސޯލްޖާއެއްގެ ރޯލު ކުޅުމަކީ ހުވަފެނެއް ކަމަށެވެ. އަދި އެ ފިލްމުގެ މަސައްކަތްކުރުމަށް ކެތްމަދުވެފައި ހުރި ކަމަށް ކަންގަނާ ވަނީ ބުނެފަ އެވެ.

ބަތަލާ ކަންގަނާގެ ކުރިއަށް އޮތް ފިލްމަކީ ތަލައިވީ އެވެ. ތޭޖާސް ރިލީޒްކުރާނީ އަންނަ އަހަރު މެދުތެރޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.