އއ. ތޮއްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބިދޭސީ ފިރިހެނެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 31 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވެފައިވާ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ބިދޭސީއަކު ހައްޔަރުކޮށްފައި ވާ ކަމަށް ފުލުހުން ބުންޏެވެ.އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 43 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށް ފުުލުހުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ހިތަދޫގައިވެސް ވަނީ ދާދި ފަހުން ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 19 އަހަރާއި 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.