ގދ. ތިނަދޫން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، ރަށް މޮނީޓަރިންގެ ހާލަތަށް ގެންގޮސް، ރަށަށް މީހުން އަރައިފޭބުން މަނާކޮށްފި އެވެ.

ތިނަދޫ ކައުންސިލަށް އެޗްޕީއޭ އިން ވަނީ ރަށް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާކަން އަންގައިފަ އެވެ. އެޗްޕީއޭ އިން ވަނީ މިހާރު ތިނަދޫ މޮނީޓަރިންގެ ހާލަތަށް ހެންގޮސްފަ އެވެ.

ތިނަދޫ އިން ޕޮޒިޓިވް ވެފައި ވަނީ މާލެ ދަތުރުކުރާ ބޯޓެއްގައި އުޅޭ މީހެކެވެ.

ގދ. އަތޮޅަށް ކަނޑައަޅާފައި ހުންނަ ކޮވިޑް ފޯކަލް ޕޮއިންޓު އޮފިޝަލު "ސަން" އަށް ބުނީ ތިނަދޫ އާއި މާލެ އާ ދެމެދު ދަތުރުކުރާ ބޯޓެއްގައި އުޅޭ އެ މީހާ ބަލިވެގެން މިއަދު ޑޮކްޓަރަށް ދައްކަން ދިޔުމުން އޭނާގެ ޓްރެވަލް ހިސްޓްރީ އެއް އޮތްތޯ ޓްރައިޭޖުް ސުވާލު ކުރި ކަމަށާއި ނަމަވެސް އޭނާ އާއެކު ގޮސްހުރި ބެލެނިވެރިޔާ، ޓްރެވަލް ހިސްޓްރީއެއް ނެތްކަމަށް ބުނުމުން ޖެނެރަލް އޯޕީޑީ އިން އޭނާ އަށް ކޮންސަލްޓޭޝަން ދިން ކަމަށެވެ.

"ޑޮކްޓަރަށް ދެއްކި އިރު އޮތީ ސެނެހިޔާ އަށް ދައްކާފައި އޮތްކަމުގެ ސިޓީ. ދެން ވަގުތުން ޑޮކްޓަރު ވަނީ ނަގަން ޖެހޭ އެކްޝަން ނަގާފައި، މިކޮޅުން ޓެސްޓް ކުރި އިރު ރެޒަލްޓް ޕޮޒިޓިވް،"

މާލެ އާއި ރަށްރަށާ ދެމެދު ދަތުރުކުރާ ދޯނި ފަހަރުގެ މީހުން މާލެ ނުފައިބާ ނަމަ ރަށަށް ގޮސް ކަރަންޓީނު ވާކަށް ނުޖެހެ އެވެ. ދެހާސް ފަސްސަތޭކަ ފަސްދޮޅަށް އަށް މީހަކަށް މިހާރު ވެސް ދަނީ ބައްޔަށް ފަރުވާ ދެމުންނެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ރޭގެ 6:00ގެ ނިޔަލަށް 7،469 މީހަކު ރާއްޖެެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ.

ރަށްރަށުގައި ކޮވިޑަށް ޕޮޒިޓިވް 60 މީހަކު އެބަތިއްބެވެ.