29 Aug 2020, 10:09
ބްލެކްް ޕެންތާގެ ތަރި ޗެޑްވިކް ބޮސްމަން މަރުވެއްޖެ އެވެ.
ޗެޑްވިކް މަރުވީ ކޮލޯން ކެންސަރުގެ ސްޓޭޖް ހަތަރަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާ ދިޔައީ 2016 ވަނަ އަހަރުން ފެށިގެން ކެންސަރަށް ފަރުވާ ކުރަމުންނެވެ.
ޗެޑްވިކް މަރުވީ އާއިލާ ކައިރީ ގޭގައި ކަމަށް އޭނާގެ ރެޕްރެޒެންޓޭޓިވުންގެ ފަރާތުން ސޯޝަލް މީޑިއާގައި އާންމު ކުރި ސްޓޭޓުމެންޓުގައި ބުނެފައިވެ އެވެ.
"މާޝަލް"، "ޑަ 5 ބްލަޑްސް"، "42" ފަދަ ފިލްމުތަކުން ފެނިގެންދިޔަ ޗެޑްވިކްގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވުނު ފިލްމަކީ 2018 ވަނަ އަހަރު ނިކުތް ބްލެކް ޕެންތާ އެވެ.
އެފިލްމުގައި އޭނާ އަދާކުރި ރޯލަށް އެމްޓީވީ އެވޯޑްސް (2019) ބެސްޓް އެކްޓާ ގެ އެވޯޑާއި 2018 ވަނަ އަހަރު ޕީޕަލްސް ޗޮއިސް އެވޯޑް ފޯ ބެސްޓް މޫވީ އެކްޓާ އެވޯޑު ލިބިފައިވެ އެވެ.
ޗެޑްވިކް މަރުވުމުގެ ކުރިން އޭނާ ކެންސަރަށް ފަރުވާ ހޯދަމުންދިޔަކަމުގެ ވާހަކަ މީޑިއާ ގައި ދައްކާފައެއް ނުވެ އެވެ.