ބޮލީވުޑްގައި ކުރިއަރަމުން އަންނަ ހުނަރުވެރި ބަތަލާ ބޫމީ ޕެޑްނޭކަރުގެ ފިލްމު "ޑޯލީ ކިއްޓީ އޯރް ވޯ ޗަމަކްތޭ ސިތާރޭ" ނެޓްފްލިކްސްގައި ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ބަތަލާ ބޫމީ އާއި ބަތަލާ ކޮންކަނާ ސެން ޝަރްމާ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ނެޓްފްލިކްސްގައި ދައްކާނީ އަންނަ މަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަންނަ މަހު ފިލްމު ދައްކަންް ނިންމި ނަމަވެސް އެ ފިލްމު ސްޓްރީމްކުރާ ތާރީހެއް އިއުލާންކޮށްފައެއް ނުވެ އެވެ.

މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ އޭޝިއާ ފިލްމު ފެސްޓިވަލްގަ އެވެ. ނަމަވެސް ކޮވިޑް އާ ގުޅިގެން ފިލްމު ފެސްޓިވަލް ފަސްކުރި އިރު މި ފިލްމު މިދިޔަ މެއި މަހު ސްކްރީނުގައި ދެއްކުމަށް ނިންމި އެވެ. ނަމަވެސް އިންޑިއާ ލޮކްޑައުންކޮށް ސިނަމާތަށް ބަންދުކުރުމާ ގުޅިގެން މި ފިލްމު ސްކްރީންކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

އެކްތާ ކަޕޫރު އާއި ޝޯބާ ކަޕޫރު ޕްރޮޑިއުސްކޮށް ގެނެސްދޭ މި ފިލްމަކީ ތިމާގެ ދެމީހެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ.