ގޮވާ ޒާތުގެ އެއްޗެއް ހއ. މޮޅަދޫ ގޮނޑުދޮށަށް ލައްވެފައި އޮއްވާ ފެނިއްޖެ އެވެ.

ހަބަރު ނޭނގޭ އެތި މޮޅަދޫ ގޮނޑޮދޮށުން ފެނުނު މީހުންގެ ތެރެއިން މީހަކު ބުނީ މިއަދު މެންދުރު ފަހު 3:15 އެހާކަންހާއިރު އެމީހުންނަށް ރަށުގެ ގޮނޑުދޮށުން ފެނުނު އެއްޗަކީ ރަތް ކުލައިގެ ދަޅެއް ކަހަލަ ހިމަ ދިގުކޮށް އޮތް އެއްޗެއް ކަމަށާއި އޭގެ ކޮޅުގައި ކެޕެއް އަޅުވާފައިވާއިރު ފީތާއެއް ކަހަލަ އެއްޗެއް ވެސް ހަރުކޮށްފައިވާ ކަމަށެވެ.

އެމީހާ ބުނީ ރަށުގެ ބަޔަކަށް އޭތި ފެނުމުން އޭގެ މައުލޫމާތު އެމްއެންޑީއެފަށް ދިނުމަށްފަހު ކައުންސިލުގެ އިދާރާއާ ހަވާލުކޮށްފައިވާނެ ކަމަށެވެ.

މޮޅަދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ރިޔާޒު ވިދާޅުވީ ގޮވާ ޒާތުގެ އެއްޗެއް ކަމަށް ބެލޭ އެއްޗެއް ރަށުގެ ގޮނޑުދޮށުން ހޮވައިގެން ކައުންސިލް އިދާރާއަށް ބަޔަކު ގެނެސްފައިވާ ކަމަށާއި އޭގެ މައުލޫމާތު ފުލުހުންނަށް ވެސް ދީފައިވާނެ ކަމަށެވެ.

އެމް އެންޑިއެފްގެ މީޑިޔާ ކޯޑިނޭޓަރު އަބުދުއް ރަހީމް ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތު އަދި ލިބިފައި ނުވާ ކަމަށާއި މިހާރު މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.