29 Aug 2020, 09:03
މަޝްހޫރު ލަވަކިޔުންތެރިޔާ ލިއަމް ޕޭން، 26، އެންގޭޖްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ވަން ޑިރެކްޝަނުން ބޮޑު މަގްބޫކުކަމެއް ހޯދި ލިއަމް އެންގޭޖްވީ އޭނާގެ ލޯބިވެރިޔާ މަޝްހޫރު މޮޑަލް މާޔާ ހެންރީ،20، އާއެވެ.
ލިއަމް އާއި މާޔާ ގުޅުނީ 2018 ވަނަ އަހަރުގައެވެ. ދެތަރިން 2018 ވަނަ އަހަރު ގުޅުނު ނަމަވެސް އެކުގައި އުޅޭކަން ހާމަކުރީ މިދިޔަ އަހަރުއެވެ. ލިއަމް އާއި މާޔާ އެންގޭޖްވި ނަމަވެސް ކައިވެނިކުރާނެ ތާރީޚެއް ކަނޑައަޅާފައެއް ނުވެ އެވެ.
ކުޅަދާނަ ލަވަކިޔުންތެރިޔާ ލިއަމް ވަނީ މީގެ ކުރިން ކައިވެންޏެއްކޮށްފަ އެވެ. ނެށުންތެރިޔާ އަދި ލަވަކިޔުންތެރިޔާ ޝާލް އޭން އާއި 2016 ވަނަ އަހަރު ކައިވެނިކުރިއިރު އެ ކައިވެނި ރޫޅުނީ 2018 ވަނަ އަހަރު މެދުތެރޭގަ އެވެ. އެ ކައިވެންޏަށް ވަނީ ފިރިހެން ކުއްޖެއް ވެސް ލިބިފަ އެވެ.