ކޮރޮނާގައި ހާލުބޮޑުވާ މީހުންނަށް ބްލަޑް ތިނާސް ދިނުމުން 50 ޕަސެންޓް މީހުން ސަލާމަތްވާ ކަމަށް ނިއުޔޯކްގެ މައުންޓް ސައިނާއި ހެލްތު ސިސްޓަމް އިން ކުރި ދިރާސާއެއްގައި ބުނެފި އެވެ.

އެ ދިރާސާގައި ބުނީ ބްލަޑްތިނާޒް ދިނުމުން ވެންޓިލޭޓަރަށް ލާން ޖެހޭ މީހުންގެ އަދަދު ވެސް 30 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.

ހަތަރު ހާސް ތިން ސަތޭކަ މީހުން ބޭނުން ކޮށްގެން ކުރި އެ ދިރާސާގައި ބުނީ އަލާމާތްތައް ނުފެނުނު ކަމުގައި ވިޔަސް ކޮރޯނާ ޖެހިގެން މަރުވާ މީހުންގެ ކިބައިން ލޭ ކްލޮޓްވާކަން ފާހަގަފައިވާ ކަމަށެވެ.

އެ ދިރާސާގައި ބުނީ ލޭ ކޮލްޓްވުން ހުއްޓުވަން ބޭސް ދިން މުއްދަތުގެ ތެރޭ 75 ޕަސެންޓް މީހުން ހޮސްޕިޓަލުން ދޫކޮށްލި ކަމަށާއި އަދި 22 ޕަސެންޓް މީހުން މަރުވެ އަދި ތިން ޕަސެންޓް މީހުން ހޮސްޕިޓަލްގައި ފަރުވާ ދިން ކަމަށެވެ.

އެ ދިރާސާކޮށްފައި ވަނީ އާންމުކޮށް ދިރާސާ ކުރުމުގައި ބޭނުންކުރާ ގޯލްޑް ސްޓޭންޑާޑްތަކާ އެއްގޮތަށް ކޮންޓްރޯލް ބޭނުންކޮށްގެނެއް ނޫނެވެ. އެހެން ނަމަވެސް މިހާރު އަަލަށް 15 އިންސްޓްޓިއުޓަޝަނެއްގައި ރެންޑަމްކޮށް ޓްރަޔަލްތަކެއް ކުރަން ފަށާފައިވާ ކަމަށް އެ ދިރާސާގައި އިސްކޮށް ހުންނެވި ޑރ. ވެލަންޓިން ފަސްޓާ ވިދާޅުވި އެވެ.

އާންމުގޮތެއްގައި ކޮރޯނާ ވައިރަސްއަށް ސްޓޭންޑަޑް ފަރުވާއެއްގެ ގޮތުގައި މިހާރު ދެމުންދަނީ އެންޓިވައިރަލްއެއް ކަމަށްވާ ރެމްޑެސިވާ އެވެ.-- ސީއެންއެން---