އުމުރުން 18 އަހަރު ނުފުރޭ ތިން ކުދީންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ ދެކުނު ސެންޓްރަލް ޕޮލިސް ޑިވިޝަން ސަރަހައްދުގެ ރަށެއްގައި ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދިވެއްސެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވާ މީހަކީ 45 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު މައްސަލަ ހުށަހެޅުމުން އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ބަލަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.