އިންޑިއާގެ މަޝްހޫރު ކޮރިއޮގްރާފަރު ޕުނީތު ޕާތަކް،33، އެންގޭޖްވެއްޖެ އެވެ.

ޕުނީތު އެންގޭޖްވެފައި ވަނީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ ނިދީ މޫނީ ސިންހް އާ އެވެ. ޕުނީތު އެންގޭޖްވުމާ ގުޅިގެން އޭނާއާ އެކު މަސައްކަތްކުރި ގިނަ ތަރިންނާއި އޭނާގެ ފޭނުން އަންނަނީ ޕުނީތަށް މަރުހަބާކިޔަމުންނެވެ.

ޕުނީތު އާއި އޭނާގެ ލޯބިވެރިޔާ ނިދީ އެންގޭޖްވި ނަމަވެސް ދެމީހުން ކައިވެނިކުރާނެ ތާރީޚެއް އަދި ކަނޑައާލަފައެއްނުވެ އެވެ. އޭނާގެ އެންގޭޖްމަންޓްގެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ވައިރަލް ވަމުންނެވެ.

ކޮރިއޮގްރާފަރު ޕުނީތަކީ އިންޑިއާގެ އެންމެ ބޮޑު ޑާންސް ޝޯ "ޑާންސް ޕްލަސް"ގެ ޖަޖެކެވެ. އަދި އޭނާ ވަނީ ނެށުމުގެ މުބާރާތްތަކުގައި ބަރިވެރިވެ ބޮޑެތި ކާމިޔާބީތައް ވެސް ހޯދައިފަ އެވެ. ޕުނީތު ވަނީ ބޮލީވުޑްގެ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި އޭބީސީޑީ، ސްޓްރީޓް ޑާންސާ އަދި ނަވާބްޒާދޭ ހިމެނެ އެވެ.