ނަވާރަސަތޭކަ ނުވަދިހަ އަށްވަނަ އަހަރު ގެނެސްދިން ކާމިޔާބު އެނިމޭޓަޑް ސީރީޒް "ޕަވާޕަފް ގާލްސް"ގެ ލައިވް އެކްޝަން ސީރީޒެއް ހަދަން ނިންމައިފި އެވެ.

އެނިމޭޓަޑް ވާޝަނުގައި ޖުމްލަ ހަ ސީޒަން ހިމެނޭއިރު ލައިވް އެކްޝަނުގައި ހިމަނާނީ ކިތައް ސީޒަން ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ދަ ސީޑަބްލިއު އިން އެ ސީރީޒް އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު މި ސީރީޒުގައި އާދަޔާ ޚިލާފު ބާރުތަކެއް ލިބިފައިވާ ތިން ހީރޯ އިންގެ ވާހަކަ އެވެ. އަދި އެ ކެރެކްޓަރުންގެ ޅައިމުރު ހޭދަވިގޮތްތަކެވެ. ޕަވާޕަގް ގާލްސްގެ މައިގަނޑު ކެރެކްޓާތަކަކީ ބުލޮސަމް، ބަބްލްސް އަދި ބަޓަކަޕް އެވެ.

މި ސީރީޒް ޕްރޮޑިއުސް ކުރާނީ ސާރާ ޝެކްޓާ އާއި ޑޭވިޑް މެޑަން އެވެ. ޕަވާޕަފް ގާލްސްގެ އެނިމޭޓަޑް ސީރީޒްގެ ފަހު އެޕިސޯޑު ގެނެސްދިނީ 2005 ވަނަ އަހަރު އެވެ.