25 Aug 2020, 11:40
ލ. މާވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ 46 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.
މަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީ އިން ބުނީ މަޝްރޫއުގެ ތެރެއިން އެއްގަމުތޮށީގެ ގައު އެތުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރުކުރިއަށް ދަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތް ކަމަށެވެ.
މީގެ އިތުރުން ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުގަލުގެ ފުރަތަމަޝިޕްމަންޓް މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްޓީސީސީ އިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 26،885 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 40 މީޓަރުގެ ސަރަހައްދެއްގެ ރިވެޓްމަންޓް ޖަހައި، 550 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތް ކުރާނެ އެވެ.
މާވަށު ބަނދަރު މަޝްރޫއަށް 27.3 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އެމްޓީސީސީ އިން ލަފާކުރެ އެވެ.