11 Jan 2012, 22:32
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ 400 މިލިއަނާއި ކައިރި އަދަދަކަށް ފައިސާ ގެއްލުންވަމުންދާ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސުގައި ވާހަކަ ދައްކަވަމުން ޒުހައިރު ވިދާޅުވީ މުހައްމަދު ނަޝީދައަކީ ރާއްޖޭގައި އިންވެސްޓް ކުރަން އަންނަ ބޭރުގެ މީހުންނަށް ހުރި "ވަރަށް ބޮޑު ބިރެއް" ކަމަށާއި އޭނާގެ ސަބަބުން ދައުލަތަށް ވަންނަން ހުރި ގިނަ އަދަދައްގެ ފައިސާ ގެއްލަމުންދާ ކަމަށެވެ.
"ގެއްލިގެންދާ ދިއުމުގައި އެ މަނިކުފާނަށް ފާހަގަފުޅެއް ނުކުރެއްވޭ، އެ މަނިކުފާނު ހިމެނިވަޑައިގަންނަވާ ދާއިރާ، ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ދައުލަތުން އެއަށް ވުރެ ބޮޑު ހަރަދުތަކެއް އެބަ ކުރައްވާ ކަމާއި އެކަންކަން،" ޒުހައިރު
ނަޝީދަށް އިޝާރާތް ކުރައްވައި 400 މިލިއަނާއި ކައިރިއަށް ފައިސާ ގެއްލުންވާނެ ކަމަށް ޒުހައިރު ވިދާޅުވީ އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން 25 ޑޮލަރު ނުނެގޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނެވުމަށް ނަޝީދު ހުށަހަޅުއްވާފައިވާތީ އެވެ.
މިއަދުގެ ޕްރެސްގައި ސާބިތު ނުހިފޭ ވާހަކަ މީޑިޔާތަކުން ގެންނަ ވާހަކަ ވިދާޅުވުމަށް ފަހު އެގޮތަށް އެކަން ނުކުރުމަށް ނޫސްވެރިންނަށް ނަސޭހަތްތެރިވުމަށް ފަހު ޒުހައިރު ވަނީ ނަޝީދުއަށް މަލާމަތްކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.
"އަލުގަނޑު ހިތަށް އެބައަރާ އަޅުގަނޑު އެވާހަކަ ދަންނަވާލަމުން މިހާރު އެބަހިތަށް އަރާ ނީޑް ތޯ ނޫނީ ޝަމް ކޭޝް ތޯ؟ ނޫނީ ޑިޑް ހީ ނީޑް ޝަމް ކޭޝްތޯ؟ ނަޝީދުއަށް އިޝާރަތްކުރައްވާ ޒުހައިރު ވިދާޅުވި އެވެ.