އައްޑޫ ސިޓީގެ ފޭދޫ އަވަށުގައި ދެ ސައިކަލު ޖެހި ހިނގި އެކުސިޑެންޓުގައި އެކަކު ފައިބިނދި އަނެކެއްގެ ދަތްބިނދިއްޖެ އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް މިއަދު ވިދާޅުވީ އިރުއޮއްސުނު ވަގުތު ހިނގި މިއެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތަދޫން ދުއްވާފައި ދިޔަ ސައިކަލަކާއި ގަމުން އައިސައިކަލެއް ޖެހިންގެން ކަމަށެވެ. އެކްސިޑެންޓްގައި އެކެއްގެ ފައި ބިނދައިގެން ގޮސް އަނެކަކުގެ ދަތް ބިންދައިގެން ގޮސް މޫނަށް އެކިވަރުގެ އަނިޔާ ވެފައި ވާކަމަށެވެ. އަދި އެމީހުންނަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ގެންދެވުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސަންއަށް މައުލޫމާތު ދިންފަރާތަކުން ބުނީ ފޭދޫގެ ލިންކުރޯޑުން ދިރާގު ސައިޓް ކައިރިގައި ހިނގި މި އެކުސިޑެންޓްގައި ދެ ސައިކަލް ދުއްވަން ތިބި ދެ މީހުންނަށް ވެސް ބޮޑެތި އަނިޔާތަކެއްލިބި އެކެއްގެ ފައި ބިނދުނު ކަމަށެވެ. އެކުސިޑެންޓްގައި އަނިޔާވި ދެ މީހުން ފަރުވާ ދިނުމަށް އައްޑޫ ހޮސްޕިޓަލަށް ގެންދިޔަކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

"ސައިކަލް ޖެހުނު ލެއް ބާރުކަމުން އެއްސައިކަލުގެ ޕެޓްރޯލް ޓޭންކު ވެސް ފަޅައިގެން ދިޔަ. އަދި އެތަނުން އެކަކުގެ ފައިބިންދައިގެން ގޮސް ކަށިގަނޑު ބޭރަށް ފެންނަން އޮތް،" މައުލުމާތުދިން މީހާބުންޏެވެ.

އެ ދެމީހުންނަށް އައްޑޫ ސިޓީގެ ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުން ނެވެ.