24 Aug 2020, 22:11
ރާއްޖެއިން މިއަދުވެސް 133 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މީގެ ތެރޭ ހިމެނެނީ މަލެ ސަރަހައްދުން ފެނުނު 121 ކޭހާއި އަތޮޅުތެރެއިން ފެނުނު 12 ކޭހެކެވެ.
އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި 103 ދިވެހިން ހިމެނެއެވެ. މީގެ ތެރޭގައި ދެން ހިމެނެނީ ބަންގްލަދޭޝްގެ 15 މީހުންނާއި އިންޑިއާގެ އަށް މީހެއްގެ އިތުރުން ޔޫއޭއީގެ ދެ މީހަކާއި އިނގިރޭސި ވިލާތުގެ ދެ މީހެއްގެ އިތުރުން ސްރީލަންކާގެ ދެ މީހަކާއި ނޭޕާލްގެ މީހެކެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭ 75 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމްލަ 4،297 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަކީ 6،912 އެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 2،588 މީހުންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 1،458 މީހުން ތިބިިއރު، 171 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މިވަގުތު ޕޮޒިޓިވް ކޭސްތަކަށް ބަލާއިރު ރިސޯތުތަކުން 24 ކޭހެއް އެކްޓިވް ކޭސްތަކުގެ ގޮތުގައި އެބައޮތެވެ. އޭގެ ތެރޭ ހިމެނެނީ 17 ސްޓާފަކާއި ހަތް ފަތުރުވެރިއެކެވެ.
މިހާތަނަށް މި ބަލީގައި 27 މީހަކު ރާއްޖޭގައި ވަނި މަރުވެފައެވެ.