25 Aug 2020, 07:10
ބޮލީވުޑްގެ ކާމިޔާބު ބަތަލު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ އާއި އަނަންޔާ ޕާންޑޭ އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ކާލީ ޕީލީ"ގެ ޓީޒާ ޓްރެއިލާ ދައްކާލަިއފި އެވެ.
ޒީ5 ގައި މި ފިލްމު ރިލީޒްކުރަން ނިންމި ނަމަވެސް މި ފިލްމު ރިލީޒްކުރާ ދުވަހެއް އަދި އިއުލާންކޮށްފައެއްނުވެ އެވެ. ފިލްމުގެ ޓީޒާއިން ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާއިރު ޓީޒާގައި ފެނިގެންދަނީ ވައްކަން ކޮށްގެން ދެ ޒުވާނުން ފިލަން ކުރާ މަސައްކަތްތަކެވެ.
އެ ފިލްމަކީ އަލީ އައްބާސް ޒަފަރު ޕްރޮޑިއުސްކުރާ ޒީ ސްޓޫޑިއޯ އާ އޮފްސައިޑް އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ޖެއިދީޕް އަހުލްވާތު ފިލްމުގެ ވިލަން ރޯލުކުޅުމަށް ނިންމާފައިވާއިރު އެ ފިލްމަކީ ރޮމޭންޓިކް ތުރިލާއެކެވެ.