ވޮޝިންގްޓަން(ޖަނަވަރީ 11) : އެމެރިކާގެ އެއްވެސް އިންތިޚާބަކަށް ބޭރުގެ ފަރާތްތަކަށް ޚަރަދު ނުކުރެވޭނެ ކަމަށާއި އެއީ އެމެރިކާގެ ޤާނޫނުތަކުން މަނާކުރާ ކަމެއްކަމަށް އެމެރިކާގެ ސްޕްރީމް ކޯޓުން ބުނެފި އެވެ.

އެމެރިކާގެ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ފަރާތްތަކުގެ ތެރެއިން ދެ ކެންޑިޑޭޓަކަށް މާލީއެހީ ދިނުމާ ބެހޭ ގޮތުން ބޭރުގެ ދެފަރާތަކުން ހުށަހެޅި މައްސަލައަކާ މެދު އިއްވި ޙުކުމްގައި އެމެރިކާގެ ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުން ވެސް ވިދާޅުވެފައި ވަނީ އެމެރިކާގެ އެއްވެސް އިންތިޚާބަކަށް ބޭރުގެ އެއްވެސް ފަރާތްތަކަށް ޚަރަދު ނުކުރެވޭނެ ކަމަށާއި އެއީ އެމެރިކާގެ ޤާނޫނުގައި މަނާ ކަމެއްކަމުގަ އެވެ.

އެމެރިކާގެ އިންތިޚާބުތަކަށް ބޭރުގެ ފަރާތްތަކުން ޚަރަދު ކުރުމަކީ އެމެރިކާގެ ޤައުމީ މަސްލަޙަތު ޙިމާޔަތްކުރާ ޤާނޫނުތަކާ ވެސް ފުށުއަރާ ކަމެއްކަމަށާއި އެމެރިކާގެ އިންތިޚާބީ ކޭންޕޭންތަކުގައި ބޭރު މީހުން ބައިވެރިވުމަކީ ވެސް ޤަނޫނީ ގޮތުން މަނާކަމެއް ކަމަށް ކޯޓުގެ ޙުކުމްގައި ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މިމައްސަލަ ކޯޓަށް ވެއްދީ ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ބަރަކް އޮބާމާގެ ކޭންޕޭނަށް ޚަރަދުކޮށްދޭން ބޭނުންވާ ކެނެޑާގެ ރައްޔިތަކާއި އޮބާމާ ވާދަކުރެއްވުމަށް ނުކުންނަވާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓަށް ކޭންޕޭން ކޮށްދޭން ބޭނުންވާ އިސްރާއީލުގެ ޔަހޫދީ މަހުޖަނެކެވެ. (އަލްޖަޒީރާ)