11 Jan 2012, 18:51
އެކި އެކި ފަރާތްތަކުން ދައްކާ ސާބިތު ނުހިފޭ ހަގީގާތާ ހިލާފު ވާހަކަތައް ގެނެސްދޭ މީޑިއާތަކުން ވެސް އެ ހިންގަނީ ޖަރީމާއެއް ކަމަށާއި އެފަދަ ވާހަކަތައް މަގުފަހިވާ ވާހަކަ ގެންނަ މީޑިޔާތަކާ މެދު ފިޔަވަޅު އަލުއްވާނެ ކަމުގެ އިންޒާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ދެއްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މީޑިޔާތަކަށް އިންޒާރެއް ދެއްވައި މިއަދު ޒުހައިރު ވިދާޅުވީ ދީނާ ގުޅޭ ތަހުމުތުތައް ސަރުކާރާ މެދު ކުރާ ދަނޑިވަޅެއްގައި ބޭރުގެ ފާދިރީންގެ ނުފޫޒާ އެކު ދައުލަތް ހިންގަވާ ކަމަށް މީޑިޔާތަކުން ވާހަކަ ދައްކާ ނަމަ އެ ވާހަކަ ދައްކާ މީޑިޔާއަކާ މެދު ފިޔަވަޅު އަލުއްވާނެ ކަމަށެވެ.
"އެ ބޭފުޅުން[މީޑިޔާ] ޖަރީމާގައި ބައިވެރިވެ ވަޑައިގަންނަވާ މިންވަރު ކަނޑައަޅަނިއްޔަކީ ސަރުކާރަކުން ނޫން. އެ ދައްކާ ވަހަކަތަކަކީ ހަގީގަތެއް ނޫންކަން އެގިވަޑައިގެންތިއްބަވައި އެކަން ހަގީގަތެއްކަން ސާބިތުވާ ގޮތަށް ސިފަކުރަށްވާ ސިފަކުރުން ވާނީ ޖަރީމާއަކަށް،" މީޑިއާ އަށް އިންޒާރު ކުރައްވައި ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.
ޒުހައިރު މީޑިއާތަކާ ދޭތެރޭ ފިޔަވަޅު އަޅުއްވާ ވާހަކަ ވިދާޅުވި އިރު، ގާނޫނު އަސާސީ އިން ހިޔާލު ފާޅުކުރުމަށް ދީފައިވާ މިނިވަންކަން މާނަކުރައްވާ ގޮތަކީ ކޮބައިތޯ އަދި ޒިންމާދާރު ސިޔާސީ ޕާޓީއަކުން ދައްކާ ވާހަކައަކާ މެދު ނޫނީ ޒިންމާދާރު ރައްޔިތަކު ދައްކާ ވާހަކައެއް މީޑިއާއަކުން ގެނެސް ދިނުމުން އެ ވާހަކައެއް ގެނެސް ދިން މީޑިއާއެއް ކުށްވެރިވާ ގޮތަކީ ކޮބައިތޯ ދެންނެވުމުން ޒުހައިރު ވިދާޅުވީ” ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި" ބޮޑުވެގެންވާ ދޮގެއް ހެދުމުން އެ ވާނީ "އެ ބޮޑު ޖަރީމާއަކަށް" ކަމަށެވެ.
ނަމަވެސް ތިން ވަނަ ފަރާތަކުން ދައްކާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަން މީޑީއާ އިން ދެނެ ގަންނާނެ ގޮތަކީ ކޮބައިކަމެއް ކަނޑައެޅިގެން ޒުހައިރު ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވީ ސާބިތު ނުހިފޭ ކަމަށް ބުރަވެވޭ އަދި ހަގީގަތެއް ނެތް ކަންކަމުގައި ކަނޑައެޅިގެން ފާހަގަ ކުރެވޭ ވާހަކަތައް ހާމަކުރުން އެއީ ނޫސްވެރިކަމުގެ އަހްލާގާ ހިލާފު ކަންތައްކެއް ކަމަށާއި އެފަދަ ކަންކަމުން ނޫސްވެރިން ދުރުހެލިވާން ޖެހޭނެ ކަމެއެއް ކަމަށެވެ.
ޒުހައިރު ވިދާޅުވީ ސަރުކާރާ މެދު ގިނަ ތުހުމަތުތަކެއް އެކިއެކި ސިޔާސީ ފަރާތްތަކުން ކޮށްފައި ވަނީ މީޑިޔާ ބޭނުންކޮށްގެން ކަން ފާހަގަކުރެވޭ ކަމަށާއި ނޫސްވެރިކަމުގައި ތިން ވަނަ ފަރާތުން ދައްކާ ވާހަކަތައް ގެނެސްދިނުމުގައި ނޫސް މަޖައްލާއެއް ކަމަށް ވިޔަސް އަދި ލޯގޯޖެހި ޓީވީއެއް ކަށްވިޔަސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށެވެ.
މިއަދުގެ ޕުރެސްކޮންފަރެންސުގައި ޒުހައިރު ވަނީ ސަރުކާރުން ހިންގާ ކަމަށް ބުނާ ލާދީނީ ފިކުރުތަކުގެ ވާހަކަ އެންމެ އަޑުހަރުކޮށް ދައްކާ ގައުމީ ޕާޓީގެ އިސްވެރިންނާއި އަދި އެ ވާހަކަތައް ދުރަށް ފޮނުވާ ދި ޓީވީގެ ވެރިފަރާތް، ޗަންޕާ މުހައްމަދު މޫސާ ނިސްބަތްކޮށް، "އެފަދަ އަސްލެއް ނެތް ވާހަކަތައް" ދެއްކުން ހުއްޓާލުމަށް ގޮވައިލައްވައި އިންޒާރު ކުރައްވައިފަ އެވެ.
"އެ ވާހަކަތަކަކީ ވަރަށް ބޮޑު ދޮގެއް އެއީ ހައްދެއް ނެތި ހައްދުފަހަނައަޅައި ގޮސްފައިވާ ވާހަކަތަކެއް. އެއްވެސް ފަރާތަކުން އެފަދަ ވާހަކަތައް ދައްކަވަނީ ނަމަ އެ ވަރިހަމަ ޑރ. ޖަމީލް ކަމަށް ވިޔަސް އަހުމަދު ދީދީ [ސަންދާނު އަހައްމައިދީ] ކަމުގައި ވިޔަސް އެފަދަ ހަބަރުތައް އާއްމުކުރަށްވާ މުހުތަރަމް އާއިލާއެއް، ޗަންޕާ އާއިލާގެ ކޮންމެ ފަދަ ބޭފުޅުކަށް ވިޔަސް އަޅުގަނޑު މިދަންނަވަނީ ހޯހޯއޭ އެބާވަތުން ދިމާނުކުރައްވާށޭ. ވަރަށް ކަންތައްތައް އެބަހުއްޓޭ އެކަންކަން ސަރުކާރުން ނުދައްކަވާތީ ކަމަށްތޯއޭ، ]އެގޮތަށް އެ ވާހަކަތައް ފޮނުވަނީ[. ފިޔަވަލުއަޅާނެ ވަރަށް ވަރުގަދައަށް ފިޔަވަޅު އަޅާނޭ،" ޒުހައިރު ވިދާޅުވި އެވެ.
ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ މީހުން ތިބި ކަމަށް ރައީސް ނަޝީދު ބޭރުގެ މީޑިޔާތަކަށް ހާމަކުރެއްވި ހާމަކުރެއްވުމާ ގުޅިގެން އިދިކޮޅު ފަރަތްތަކުން އެކަމަށް ރައްދުދެއްވައި ދައްކާ ވާހަކަތަކުން ރައީސް ދިފާއުކުރައްވަމުން ޒުހައިރު ވިދާޅުވީ ރާއްޖޭގައި ހައްދުފަހަނައަޅައިފައިވާ މީހުން ތިބިކަން ސާބިތު ކުރެވޭނީ ސަލްޓަން ޕާކުގައި ބޮންގޮއްވި ހާދިސާ އާއި ހިމަންދޫގެ މައްސަލައިގެ މައްޗަށް ބުރަވެ ކަމަށެވެ.
"މިރާއްޖޭގައި ސަލްޓަން ޕާކުގައި ކަމެއް ހިނިގި ކަން ނޭގެނީތޯ؟ ތިޔަ ބޭފުޅުންނަށް އެގިނުލައްވާނީތޯއޭ ހިމަންދޫގައި ވިއްސަކަށް މީހުން ހެލުމެޓް އަޅައިގެން ދަނގަޑުގަޑުބުރި އާއި ލަކުޑި ބުރިބުރި އާއި މިރާއްޖޭގެ ސަލާމަތީ ބާރުތަކާ ދިމާކުރަށްވާ އެބޭފުޅުންނަށް ހަމަލަ ދެއްވައި ދާވަނި އަޅާ އޫހަރައި މިބާވަތުގެ ކަންތައްތަކެއް ހިނގިކަމެއް،"
މީގެ އިތުރަށް ރާއްޖޭގެ ތިން ރަށެއް އަޑިޔަށް ދިޔަކަމަށް ރައީސް ބޭރުގެ ނޫހަކަށް ދެއްވި އިންޓަވިއުގައި ވިދާޅުވުމަކީ ވެސް ރަނގަޅު ވާހަކަތަކެއް ކަމަށާއި އެފަދަ ހާދިސާތަކުގައި ރާއްޖޭގެ ބައެއް ރަށްރަށާއި ފިނޮޅުތައް ގިރާފައިވާ ކަމަށް ޒުހެއިރު ވިދާޅުވި އެވެ.