24 Aug 2020, 09:53
މާލީ/އަލްޖަޒީރާ (އޯގަސްޓް 23)-- މާލީއަށް ބަޣާވާތެއް ގެނެސްފައި ވާތީ އަލުން އެގައުމުގައި ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަން އެގައުމަށް ބަޣާވާތެއް ގެނައި ފަރާރްތައް ކަމަށްވާ ނެޝެނަލް ކޮމެޓީ ފޯ ދަ ސެލްވޭޝަން ފޯ ދަ ޕީޕަލް (ސީއެންއެސްޕީ) އާ އެކު އެފްރިކާގެ ގައުމުތަކުގެ ވަފުދަކުން މަޝްވަރާތައް ފަށައިފި އެވެ.
އެގޮތުން މާލީގެ ބަޣާވާތުގެ ލީޑަރުންނާއި ހުޅަނގު އެފްރިކާގެ 15 ގައުމެއްގެ ސްޓޭޓްތަކުން ވަފުދަކާ އެކު މާލީގެ ބަޣާވާތުގެ ލީޑަރުންނާ ވަނީ ވާހަކަދައްކައިފަ އެވެ.
އެ ވަފުދުގައި ނައިޖީރިއާގެ ކުރީގެ ރައީސް ގޮޑްލަކް ޖޮނަތަން ހިމެވަޑައިގަންނަވަ އެވެ. އެމަނިކުފާނު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލީގެ ރައްޔިތުންނަށާއި އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްތަކަށް ރަނގަޅު ގޮތެއް ހޯދޭނެ ކަމުގެ އުއްމީދު ބައޮތް ކަމަށެވެ.
ވާކަަކަތައް ކުރިން އޮތީ 90 މިނެޓަށް ތާވަލްކޮށްފަ އެވެ. ނަމަވެސް 20 މިނެޓްތެރޭ އެ މަޝްވަރާތައް ވަނީ ނިމިފަ އެވެ.
އެ ވާހަކަތައް ކުރުކޮށްލީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ސީއެންއެސްޕީ އިން އެއްވެސް އެއްޗެއް ވެސް ނުބުނެ އެވެ.
މިދިޔަ އަންގާރަ ދުވަހު މާލީއަށް ގެނައި ބަޣާވާތުގައި އެގައުމުގެ ސިފައިން ރައީސް އިބްރާހިމް ބުބާކާ ކެއިޓާގެ ބޮލަށް ފިސްތޯލަ ދިއްކުރައްވައި މަޖުބޫރުކުރައްވުމުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ބަޣާވާތަކުންސަރުކާރު ވައްޓާލި މައްސަލާގައި ބޭރުގެ ގައުމުތަކުން ވަނީ ކުށްވެރިކޮށްފަ އެވެ. ނަމަވެސް އެ ބަޣާވާތާ ގުޅިގެން އެގައުމުގެ ގިނަ ބަޔަކު ދަނީ އުފާ ފާޅުކުރަމުންނެވެ.
ބަޣާވާތާ ގުޅިގެން މާލީގެ އަވައްޓެރި ގައުމުތަކުން ވަނީ އެގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ފައިސާގެ މުއާމާލާތްތައް ވެސް ހުއްޓާލައިފަ އެވެ.-- ރޮއިޓާސް