ބޮލީވުޑްގެ އެކްޓަރު ބޮބީ ޑިއޯލް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ކްލާސް އޮފް 83"ގެ ނެޓްފްލިކްސްގައި ރިލީޒްކޮށްފި އެވެ.

މި މަހު 21 ވަނަ ދުވަހު މި ފިލްމު ނެޓްފްލިކްސްގައި ރިލީޒްކުރި އިރު އެ ފިލްމަށް އާންމުންގެ އިތުރުން ބޮލީވުޑްގެ ކްރިޓީކުންގެ ތައުރީފް އަންނަނީ ލިބެމުންނެވެ. އާންމުން ރޭޓްކުރާ އެޕްލިކޭޝަން އައިއެމްޑީބީގައި މި ފިލްމަށް ވަނީ 10 އަކުން 6.2ގެ ރޭޓިންއެއް ލިބިފަ އެވެ. އަދި 1500 އަށް ވުރެ ގިނަ މީހުން ވަނީ މި ފިލްމަށް ރޭޓްކޮށްފަ އެވެ.

ޝާހްރުކްޚާންގެ ރެޑް ޗިލީސް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމަކީ ބޮބީ ފުލުސް އޮފީހެއްގެ ރޯލުން ފެނިގެންދާ ފިލްމެކެވެ. މި ފިލްމަކީ އިންޑިއާގެ ލިޔުންތެރިޔާގެ ލިޔުންތެރިޔާ ހުސައިން ޒައިދީ ގެނެސްދިން ވާހަކަ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. އަތުލް ސަބަރްވާލްގެ ޑައިރެކްޝަނުގެ ދަށުން ތައްޔާރުކޮށްފައިވާ މި ފިލްމުގައި ބޮބީގެ އިތުރުން ހަރަކާތްތެރިވާނެ ބައެއްް ތަރިންނަކީ އަނުޕް ސޯނީ، ޖޯނީ ސެންގުޕްތާ އަދި ހިތޭޝް ބޯރާޖް އެވެ.