މިއަދު 119 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ބުނެފިއެވެ.

މިރޭ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީއިން ބުނީ މިއަދު އެކަނި 119 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 100 ދިވެހީންނާއި 19 ބިދޭސީއަކު ކަމަށް އެޗްއީއޯސީއިން ބުންޏެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި 2531 މީހުން އެބަ ތިބި ކަމަށްވެސް އެޗްއީއޯސީއިން ބުންޏެވެ. އެއީ 1968 ދިވެހީންނާއި 563 ބިދޭސީންނެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވެފައި ވަނީ 26 މީހުންނެވެ. ގިނައިން މަރުވެފައި ވަނީ އުމުރުން ދުވަސްވީ މީހުންނެވެ.

މިއަދު އެކަނި 119 މީހުން ޕޮޒިޓިވްވެފައިވާއިރު، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވީ، މާލޭ ސަރަހައްދުގައި ހުރި ކޮވިޑް-19އަށް ހާއްސަކޮށްފައިވާ އެނދުގެ 62 ޕަސެންޓު މިހާރު ފުރިފައިވާ ކަމަށެވެ.