23 Aug 2020, 14:49
ކ. ގުރައިދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ މަޝްރޫއުގެ ދަށުން 644,000 އަކަމީޓަރުގެ ސަރަހައްދުގެ ފަޅު ފުންކޮށް، ބިންހިއްކުމުގެ އިތުރުން 1،200 މީޓަރު ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓް ޖަހާނެ އެވެ.
މިއަދު މަޝްރޫއު ކުރިއަށްދާ ސަރަހައްދަށް ވަޑައިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ތިން މަސް ތެރޭގައި އެ މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މަސައްކަތްތައް މަޑުޖެހުނު ނަމަވެސް ނިއު ނޯމަލް އާއެކު މަސައްކަތް ފަށައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރުމަށް ފަހު މަސައްކަތް ކުރިއަށް ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގުރައދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 80 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އާޒިމް ވިދާޅުވިއެވެ