ރާއްޖެއިން މެލޭޝިއާ އަށް ދިޔަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެގައުމުން މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ރާއްޖެއިން އެގައުމަށް ދިޔަ މީހަކު ހިމެނެ އެވެ. އެއީ ކޮން ގައުމެއްގެ މީހެއްކަމެއް ބުނެފައި ނުވި ނަަވެސް އެއީ ރާއްޖެއިން އެގައުމަށް "އިމްޕޯޓުވި" ކޭސް އެއްގެ ގޮތުގައި ވަނީ ރެކޯޑުކޮށްފަ އެވެ.

ރާއްޖެއިން މެލޭޝިއާ އަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެގައުމުގައި ކިޔަވާ ދިވެހި 50 ދަރިވަރަކު ވަނީ މިމަހުގެ 21 ގައި މެލޭޝިއާ އަށް ގޮސްފަ އެވެ.

މީގެ ކުރިން މެލޭޝިއާގައި ދިރިއުޅޭ ދިވެއްސަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިޔާގައި 9،267 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

މެލޭޝިއާ އަށް ދާ މީހުންގެ ތެރެއިން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭ މީހުން، ކަރަންޓީނުގެ ހަރަދު ކުރަންޖެހޭނީ އަމިއްލަ އަށެވެ.