11 Jan 2012, 15:04
ހދ. ކުޅުދުއްފުއްޓަށް ދިޔަ ހަތަރު މީހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ ހަތަރު މީހުން 22 ޕެކެޓް މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރީ އެ އަތޮޅު ނޮޅިވަރަމްފަރުން ލޯންޗެއްގައި ފުރައިގެން ކުޅުދުއްފުއްޓަށް ފޭބި ވަގުތު ކަމަށެވެ. އެ ހަތަރު މީހުން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އޭގެން އެއްވެސް މީހެއްގެ ވަނަވަރެއް އަދި ހާމައެއްނުކުރެ އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރޭ ހިމެނެނީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މީހުންނެވެ. އަދި އެ އެންމެންނަކީ ވެސް ކުޅުދުއްފުއްޓަ ނިސްބަތްވާ މީހުން ކަމަށް މައުލޫމާތު ލިބެ އެވެ.
މިދިޔަ އަހަރު ތެރޭ ވެސް ވަނީ އެކިފަހަރު މަތިން މަސްތުވާތަކެތީގެ ތަފާތު މައްސަލަތަކުގައި ކުޅުދުއްފުށިން މީހުން ހައްޔަރުކޮށްފަ އެވެ.