22 Aug 2020, 22:58
މިއަދު އިތުރު 96 މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެ، 101 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 64 ދިވެހީން، ބަންގްލަދޭޝްގެ 26 މީހުން، ސްރީލަންކާގެ ހަތަރު މީހުން އަދި އިންޑިއާ މީހަކާއި ނޭޕާލް މީހެކެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 6660އަށް ވަނީ އަރާފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 4113 އެވެ.
މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 21 ރަށަކުންނާއި 10 ރިސޯޓަކުން އެކްޓިވް ކޭސްތައް ފެނިފައިވާ ކަމަށް އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފަ އެވެ.
ރިސޯޓުތަކުން ފެނިފައިވާ ކޭސްތަކުގައި ހިމެނެނީ ހަތަރު ޓޫރިސްޓަކާއި 13 މުވައްޒަފުންނެވެ.
ކޮވިޑު ޖެހިގެން 169 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު، 10 މީހުންނަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ފަސް މީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ.
މި ބަލީގައި ރާއްޖެއިން 26 މީހަކު ވަނީ މަރުވެފަ އެވެ.