އިންޑޯ ބޮޑެތި އިވެންޓްތަކުގެ ސަބަބުން ކޮރޯނާ ވައިރަސް ފެތުރުމުގެ ރިސްކު ހުންނަވަރު ބަލަން ޖަރުމަނުގައި މީހުން ކައިރި ކައިރީގައި ތިބެގެން ބޮޑެތި ކޮންސެޓްތަކެއް ބާއްވަން ފަށައިފި އެވެ.

އެގޮތުން އެފަދަ ތިން ކޮންސެޓެއް ބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ.

ހެލޭ ޔުނިވާސިޓީގެ ފަރާތުން ކުރިއަށް ގެންދާ އެ އިވެންޓްތަކުގައި ބައިވެރިވުމަށް ވަނީ އުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ ސިއްހަތު ރަނގަޅު 4000 މީހުން ބައިވެރިވެފަ އެވެ.

އެ ކޮންސެޓްތަކުގައި ލަވަކިޔަނީ ލަވަކިޔުންތެރިތާ ޓިމް ބެންޑްސްކޯއެވެ.

ކޮވިޑް ފަދަ ބަލިމަޑުކަމުގެ ތެރޭގައިވެސް އިވެންޓްތައް ބޭއްވިދާާނެ ގޮތްތައް ހޯދުމަކީވެސް އެ ދިރާސާގައި މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ދިރާސާކުރުމަށް މިހާރު ވަނީ 1.9 މިލިއަން ޑޮލަރުގެ ފަންޑެއްވެސް ލިބިފަ އެވެ.

ގައިދުރުވެ ސާފުތާހިރުކަމާއެކު ތިބުމުން ކޮރޯނާ ވައިރަސް ފެތުރިދާނެ މިންވަރާއި ގައިދުރުނުވެ ސާފުތާހިރުކަމަށް ބެލުމެއް ނެތި ތިބުމުން ވައިރަސް ފެތުރިދާނެ މިންވަރު ދިރާސާގައި ބެލުމަށް ވަނީ ނިންމައިފަ އެވެ.

އެ ދިރާސާ ކުރަން ނިންމިއިރު ޖަރުމަނުގައި އަނެއްކާވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް ވަނީ އިތުރުވެފަ އެވެ. އެގޮތުން އިއްޔެ ވަނީ 2000 ކޭސް ފޭނިފަ އެވެ. މިއީ މިދިޔަ އޭޕްރީލް މަހުގެ ފަހުން އެންމެ ގިނަަައިން ކޭސްތައް ފެނުނު ދުވަހެވެ. އެއާއެކު ޖަރުމަނު ވިލާތުން ކޮރޯނ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 232،082 އަށް ވަނީ އަރައިފަ އެވެ. -- ބީބީސީ