ލޮކްޑައުން ތެރޭ 80 މީހުންނާ އެކު ކެއުމަކަށް ވަޑައިގެންނެވި އަޔަލޭންޑްގެ އެގްރިކަލްޗަރު މިނިސްޓަރު ޑާރާ ކެލިއަރީ އިސްތިއުފާދެއްވައިފި އެވެ.

މިނިސްޓަރު ބައިވެރިވެވަޑައިގެންނެވީ އަޔަލެންޑްގެ ޕާލިމެންޓްގެ ގަލްފު ސޮސައިޓީގެ އިވެންޓެއްގަ އެވެ. އެ އިވެންޓްގައި މިނިސްޓަރު ބައިވެރިވެލެއްވީ އަޔަލެންޑުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް ހަރުކަށިކުރިތާ އެއް ދުވަސް ފަހުންނެވެ.

ޑާރާ ކެލިއަރީ މިނިސްޓަރުކަމުގެ މަގާމާ ހަވާލުވިތާ އަދި މާކަ ގިނަ ދުވަހެއް ވެސް ނުވެ އެވެ. އޭނާ އެމަގާމާ ހަވާލުވެލެއްވީ ކުރިން އެ މަގާމުގައި ހުންނެވި ބްރައުން ކޮވެން މަސްތުވެގެން ހުންނަވައި ކާރު ދުއްވި މައްސަލައިގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޑާރާގެ އިސްތިއުފާ އަޔަލެންޑްގެ ބޮޑުވަޒީރު މައިކަލް މާޓިން މިހާރު ވަނީ ގަބޫލު ކުރައްވައިފަ އެވެ. ބޮޑުވަޒީރު ވިދާޅުވީ ޑާރާގެ އަމަލުކޮށްފައިވަނީ ރަނގަޅަކަށް ނޫން ކަމަށެވެ.

ޑާރާ ފަހުން ވަނީ އޭނާގެ އަމަލާމެދު ހިތާމަކުރައްވާ ކަމަށް ބުނެ މާފދަށް އެދި ޓުވީޓުތަކެއްވެސް ކުރައްވައިފަ އެވެ.

އެ މައްސަލަ މިހާރު އަޔަލެންޑްގެ ފުލުހުން މިހާރު ދަނީ ބަަލަމުންނެވެ.

އެ އިވެންޓްގައި ޑާރާއާއެކު އަޔަލެންޑްގެ ލިބަރަލް- ކޮންޒަވޭޓިވް ޕާޓީ ފައިން ގައެެލްގެ ސެނެޓަރު ޖެރީ ބަޓިމާ އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސީމަސް ވުލްފްވެސް ހިމެނިލައްވަ އެވެ.

ޖެރީ ފަހުން ވަނީ އަޔަލެންޑްގެ ޕާލެމެންޓްގެ މަތީގެ ސިއަނަދުގެ ޑެޕިއުޓީ ޗެއާމަންގެ މަގާމުން އިސްތިއުފާޥެސް ދެއްވައިފަ އެވެ.-- ބީބީސީ